
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުުހައްމަދު މުޢިއްޒުގެ ދެކަނބަލުން ރ. ދުވާފަރަށް ވަޑައިގެންފި އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމީ ދުވާފަރުގަ އެވެ. އެގޮތުން އެ ރަށުގައި ޑިސެމްބަރު 10 ގެ ކުރިންނާ ފަހުންވެސް ތަފާތު އެކި ކުޅިވަރުތައް ދަނީ ބާއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ވަޑައިގެންފައިވާއިރު އެ ރަށުގައި ނިމިފައިވާ މަޝްރޫއުތައް ހުޅުވައި ގިނަ އަދަދެއްގެ މަޝްރޫއުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން؛
ނިންމާފައި ހުޅުވާ މަޝްރޫއުތައް؛
އިސްލާމިކް ބޭން އޭޓީއެމް ހުޅުވުން
އެސްޓީއޯގެ ޕެޓްރޯލް ޝެޑް ހުޅުވުން
އާރުޓީއެލް ބަހުގެ ހިދުމަތް ފެށުން
އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫއުތައް؛
ބަނދަރު ބޮޑުކުރުން
ފުލުހުންގެ މަރުކަޒު ބިނާކުރުން
އިއާދަކުރަނިވި ހަކަތަ މަޝްރޫއު
ސިއްހީ މަރުކަޒަށް އަލަށް އަޅާ އިމާރާތުގެ މަޝްރޫއު
އައުޓްޑޯ ވޮލީ ކޯޓު
ވޭސްޓް މެނޭޖްމަންޓް މަޝްރޫއު
ދަނާލު އެޅުން
ސޮއިކުރެވޭ މަޝްރޫއުތައް؛
ހިއްކި ބިމަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަޝްރޫއު
މަގު ހެދުން (ދެވަނަ ފިޔަވަހި)
ސްޕޯޓްސް ކޮމްޕްލެކްސް
މަސްވެރިންގެ ދުވަހާ ގުޅިގެން ދުވާފަރުގައި ވަނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި "މަސްވެރިންގެ ގުންޒަރު" ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ދައުރުގައި ރައީސުލްޖުމްހޫރިއްޔާ މަސްވެރިންނަށް ވީ ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށާއި ނަމަވެސް ވެރިކަމާ ހަވާލުވިއިރު ގައުމު އޮތް ހާލަތަށް ބަލާފައި އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.